March 14, 2026
Advertisement
އުރީދޫގެ އޮފާރ ޕޯސްޓާރ
އުރީދޫގެ އޮފާރ ޕޯސްޓާރ / އުރީދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތު

Aishath Naja
އައިޝަތު ނަޖާ
Jan 31, 2024, 11:06 PM
މާލެ ސިޓީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

Advertisement

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ރެހެންދި ޓާރފު، ހުޅުމާލޭގައި ބެހެއްޓިފައިހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާރވިސް އެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެކަމަށް އުރީދުން ވަނީ ބުނެފައެވެ.

އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް އުރީދޫންވަނީ ހިމަނާފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށްކަން އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން އަންނަނީ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަންތަކާއި އޮފާރ ތަށް ތައާރަފް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved