March 12, 2026
Advertisement
 ޢައްޒާ
ޢައްޒާ / އަލްޖަޒީރާ

ފުރާނަ ސަލާމަތް ކުރުމުގެ ޚިދުމަތް ހުއްޓާލަން ޔޫއެންއާރްޑަބްލިއުއޭއަށް މަޖުބޫރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 10, 2024, 05:28 PM
މާލެ ސިޓީ

ޣައްޒާގެ އުތުރުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އިންސާނީ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

ޔޫއެންއާރުޑަބްލިއުއޭ އިން އެކްސްގައި ބުނެފައި ވަނީ އުތުރުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކުރުމުގެ ސަބަބުން ފުރާނަ ސަލާމަތްކުރުމުގެ ހިދުމަތް ތައް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.

ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ހަތް ސްކޫލެއް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މި ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުރި އަށް ފެން ވަޅުގެ ތެރެއިން އަދިވެސް ހިންގަނީ އެންމެ ދެ ފެންވަޅު ކަމަށްވެސް އެ ފަރާތްތަކުން މައުލޫމާތު ހާމަކޮށްފައިވެއެވެ.

ސަހްޔޫނީންގެ ހަމަލާތަކަށް ހުއްޓުމެއްނެތި އަހަރެއްވެފައިވާއިރު ޣައްޒާއިން މިހާތަނަށް މި ހަމަލާތަކުގައި 50000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެ ގެދޮރު ގެއްލިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved