March 12, 2026
Advertisement
ހަމާސް ލީޑަރ
ހަމާސް ލީޑަރ / ސީ.އެން.އެން

ޣައްޒާގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ސަހްޔޫނީންގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 18, 2024, 05:45 PM
ޣައްޒާ

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޣައްޒާއަށް ސަހްޔޫނީންގެ ސިފައިން ދިން ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.

Advertisement

ޔަހްޔާ ސިންވާރް ޝަހީދުކޮށްލީ ސަހްޔޫނީންގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދިން ވަރުގަދަ ހަމަލާއެއްގައި ކަމަސް ސަހްޔޫނީންގެ ޚަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ސަހްޔޫނީންގެ ސިފައިން ފުރަތަމަ ހަމަލާ ދިންއިރު، އެ ސަރަހައްދުގައި ޔަހްޔާ ސިންވާރް ހަރަކާތްތެރިވަމުން ދިޔަ ކަމެއް ނޭނގެއެވެ. ޔަހްޔާ ސިންވާރްގެ ހަށިގަނޑުކަން އެނގުނީ ޑީއެންއޭ ޓެސްޓުތަކެއް ހަދައިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔަހްޔާ ސިންވާރަށް ހަމަލާދިނީ ޣައްޒާގެ ރަފަހުގައި ހުރި އިމާރާތެއްގެ ތެރޭގައި ހުއްޓައެވެ.

މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވުނެފައިވާ ގޮތުގައި ސިންވާރު އަވަހާރަވުމަކީ ހަމާސްއަ،ށް ފަހު ދުވަސް ފެށުން ކަމަށެވެ. އަދި ހަމާސްއިން ރަހީނުކުރި އެންމެން އެނބުރި ގައުމަށް އަންނަންދެން އެގައުމުން ޣައްޒާގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދުވެފައެވެ.

އޮކްޓޯބަރު 7، 2023 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ހަމަލާދީ، 1،000 އަށް ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކޮށް، 8،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ވެސް ސިންވާރެވެ. އިސްރާއީލަށް އަމާޒުވި ކުއްލި ހަމަލާއާއިއެކު އިސްރާއީލްގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ އެންމެ އިސް ލީޑަރު ސިންވާރަށެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާ އިން ވަނީ ސިންވާރް ޝަހީދުކޮށްލިކަން ކަށަވަރުކޮށްދީފައެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved