March 20, 2026
Advertisement
ބްރިޖް އަޅައި ޕްލެޓްފޯމް
ބްރިޖް އަޅައި ޕްލެޓްފޯމް / އަދަދު

ޖޫރިމަނާ ނުދެއްކުމުން އީޕީއޭއިން އެފްކޮންސްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

Aishath Naja
އައިޝަތު ނަޖާ
Feb 1, 2024, 07:25 PM
މާލެ ސިޓީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަށް އީޕީއޭއިން ނިންމައިފި އެވެ.

Advertisement

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައިގައި އެފްކޮންސްއިން އެ އޭޖެންސީއަށް ދައްކަންޖެހޭ 69.4 މިލިއަން ރުފިޔާ މިހާތަނަށް ދައްކައިފައި ނުވާ ކަމަށެވެ.

އަދި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށްފަހު އީޕީއޭއިން އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.

ނަމަވެސް އެ ކުންފުނިން ވަނީ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި އެންވަރަމަންޓު މިނިސްޓަރީގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.

އަދި ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެދި ތިމާވެއްޓާ ބެހޭ މިނިސްޓަރަަށް ހުށަހެޅުމުން އޭރުގެ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ޖޫރިމަނާއަށް ލުއި ނުދޭން ނިންމަވާފަ އެވެ.

ޖޫރިމަނާގެ އަމުރަށް އަމަލު ކުރުން ފަސްކޮށްދޭން އެދިި އެފްކޮންސްއިން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނުދިނުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved