March 20, 2026
Advertisement
ބްރިޖް އަޅައި ޕްލެޓްފޯމް
ބްރިޖް އަޅައި ޕްލެޓްފޯމް / އަދަދު

މަރުވީ ސިނަމާލެ ބުރިޖުގައި މަސައްކަތްކުރާ މީހެއް ނޫން، ތިލަމާލެ ބުރިޖުގައި މަސައްކަތްކުރާ މީހެއް. މައްސަލަ ތަހުގީގުކުރަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 20, 2024, 01:44 AM
މާލެ ސިޓީ

މަރުވީ ސިނަމާލެ ބުރިޖުގައި މަސައްކަތްކުރާ ބިދޭސީއެއް ނޫން ކަމަށާ މަރުވެފައިވަނި ތިލަމާލެ ބުރިޖުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީއެއް ކަން ހާމަވެއްޖެއެވެ.

Advertisement

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފައިވަނީ މަރުވެފައިވަނީ ސިނަމާލެ ބުރިޖުގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ގޯސްކޮށް ކަމަށާ ރަގަޅު ގޮތަކީ މަރުވެފައިވަނި ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދާސީއެއް ކަމަށެވެ.

އެ ބްރިޖްގެ މަސައްކަތުގައި އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އިންޑިއާގެ އެފްކޮންސްއަށް ނިސްބަތްވާ އެ މީހާ ވަނީ މަރުވެފައެވެ. އެއީ އިންޑިއާގެ ރައްޔިތެކެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެމީހާގެ މަރު ކޮންޓްރެކްޓަރާ އަދި މިނިސްޓްރީގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަމަށާ މައްސަލަ ކަމާ ގުޅުން އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved