March 20, 2026
Advertisement
އެކްސއިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސްއަށް އަރުވަނީ
އެކްސއިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސްއަށް އަރުވަނީ / ސަން އޮންލައިން

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑޭންޓެއް، އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 23, 2024, 04:47 AM
މާލެ ސިޓީ

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި އަށްމީހަކަށް އަނިޔާވެއްޖެއެވެ.

Advertisement

ފުލުހުން މިރޭ ވިދާޅުވީ އެ ސަރަހައްދު ކަނޑުމަތީގައި ދެ ލޯންޗް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިރޭ 19:48 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަަށެވެ.

މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި އެކްސްިޑެންޓުގައި ޖުމްލަ 13 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން ގެންދިޔަ މީހުންގެ ތެރޭގައި އެފްކޮންސް ކުންފުނީގެ 10 މުވައްޒަފަކާއި އަނަންތްރާ ލޯންޗްގެ ތިން މީހަކު ހިމެނޭ ކަމަށެވެ.

އަދި އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved