March 20, 2026
Advertisement
އައްޑޫ ހުޅުދޫގެ މަގު ހަދާ އެފްކޮންސްގެ ލޭބަރުން އިހުތިޖާޖުގައި
އައްޑޫ ހުޅުދޫގެ މަގު ހަދާ އެފްކޮންސްގެ ލޭބަރުން އިހުތިޖާޖުގައި / ސޯޝަލް މީޑިއާ

އެފްކޮންސް މުވައްޒަފުންނަށް މުސާރަ ނުދީ ހާލުގައި ޖައްސާފައިވާތީ މުޒާހަރާ ކުރަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 17, 2024, 05:44 PM
މާލެ ސިޓީ

އެފްކޮންސް މުވައްޒަފުންނަށް މުސާރަ ނުދީ ހާލުގައި ޖައްސާފައިވާތީ މުޒާހަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އާންމު މީހަކު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ހުޅުދޫ މަގު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިންޑިއާގެ އެފްކޮންސް/މޯހަންގ މުއްތާ ކުންފުނީގެ 100 ވަރަކަށް ލޭބަރުންނަށް މުސާރަ ނުދޭތާ 2 މަސް ދުވަސް ވެއްޖެ ކަމަށާއި އެކަށީގެންވާ ކާނާ ނުދޭ ކަމަށް ވެސް އެ މުވައްޒަފުން ބުނަމުން ދާ ކަމަށެވެ. އަދ އެކަމާ ދެކޮޅަށް އެ މީހުން ނުކުމެ ހުޅުދޫ އަވަށު އޮފީސް ކުރިމަތީގައި ހަޅުތާލު ކުރަމުން އެދާކަމަށްވެސް ބުނެފައިވެއެވެ.

ޕޯސްޓުގައި ވަނީ މިފަދަ ކަންކަމަކީ ހިނގައިގެން ނުވާނެ ވަރުގެ ކަންކަމަށް ފާހަގަކޮށް އެމީހުންގެ އަޑު އަހައި މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އައްޑޫ ސިޓީ ކައުންސިލަށް ގޮވާލާފައެވެ.

ޕޯސްޓުގައި ހުރި ވީޑިއޯތަކުގައި އެމުވައްޒަފުން ބުނެފައިވަނީ މުސާރަ ނުދޭތާ 2 މަސް ދުވަސް ވެއްޖެ ކަމަށާ އިތުރު ގަޑީގެ މަސައްކަތްކުރުވުމަސް ފަހު އިތުރު ގަޑީގެ ފައިސާ ނުދޭތާ 6 މަސް ދުވަސް ވެއްޖެކަމަށެވެ.

އެމީހުން ބުނެފައިވަނީ އެމީހުންނަކީ ވެސް އިންސާނުން ކަމަށާ ބަލަހައްޓަން ޖެހޭ އާއިލާތަކާ އަނބިދަރިންވެސް ގައުމުގައި އެބަ ތިބި ކަމަށެވެ. އެހެންކަމުން ގައުމަށް ފޮނުވާނެ ފައިސާ ނެތި އަދި ރާއްޖޭގައިވެސް އެމީހުންގެ އަމިއްލަ ކަންކަމަށް ޚަރަދު ކުރާނެ ފައިސާވެސް ނެތުމުން ހާލުގައި މިއަދު ޖެހިފައި ތިބިކަމަށް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރަމުްނ ދަނީ އެފްކޮންސްގެ ލޭބަރުންގެ ގޮތުގައި އައްޑޫ ސިޓީ ހުޅުދޫގައި ތިބި މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved