March 22, 2026
Advertisement
އަހުމަދު ޝާމިލް އަދި ނާއިފް ޝައުކަތް
އަހުމަދު ޝާމިލް އަދި ނާއިފް ޝައުކަތް / ތޭރަ އޮންލައިން

ރައީސް ޔާމީންގެ އަނގަމަތީގައި ޓޭޕް އެޅިދާނެ، ނަމަވެސް އެ ލެގަސީ ރާއްޖެއަކުން ފޮހެނުލެވޭނެ: ޝާމިލް

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 2, 2024, 03:44 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ އަނގަފުޅު މަތީގައި ޓޭޕް އެޅިދާނެ ކަމަށާ ނަމަވެސް އެމަނިކުފާނުގެ ލެގަސީ ދިވެހިއްރާޖެއިން ފޮހެނުލެވޭނެ ކަމަށް އެމަނިކުފާނުގެ އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަހުމަދު ޝާމިލް ވިދާޅުވެއްޖެއެވެ.

Advertisement

އޭނާ މިފަދައިން ވިދާޅުވީ، ޗެނަލް 13 އިން ގެނެސްދޭ ޕީއެންއެފް އަދާހަމަ ލައިވްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޝާމިލް ވިދާޅުވީ އެހެން ޕާޓީތަކުގެ ބޭފުޅުން ރައީސް ޔާމީން ބާކީ ކުރަން މަސައްކަތްކޮށް އެމަނިކުފާނުގެ އަނގަމަތީގައި ޓޭޕް އެޅި ނަމަވެސް އެމަނިކުފާނުގެ ލެގަސީ ފޮހެނުލެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ އަނގަ މަތީގައި ޓޭޕް އެޅިދާނެ. އެކަމް އެމަނިކުފާނުގެ ފިކުރެއް، ރައީސް ޔާމީންގެ ސޭ އެއް، ރައީސް ޔާމީންގެ ތަރައްޤީއެއް، ރައީސް ޔާމީންގެ ލެގަސީއެއް ރާއްޖެއަކުން ފޮހެއެއްނުލެވޭނެ

އަހުމަދު ޝާމިލް

މީގެ 100 އަހަރު ފަހުންވެސް ރައީސް ޔާމީންގެ ތަރައްގީއާއި ފިކުރު ރާއްޖެއިން ފެންނާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދައިން ޝާމިލް ފާހަގަކުރައްވާފައިވަނީ ރައީސް ޔާމީނަށް ސިޔާސީ ހަރަކާތްތަކުގައި އުޅުމަށް ހުރަސްތަކެއް ހުރުމާއެކު އެކަމާއި ގުޅުވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ހުކުމެއް ކުރުމާއެކު އެމަނިކުފާނަށް ވަނީ ސިޔާސީ ހަރަކާތްތަކުގައި އުޅރެން އެތައް ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މިކަމާއި ގުޅިގެން އެމަނިކުފާުގެ އިތުރުން އެމަނިކުފާނުގެ ސަޕޯޓަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ލަކުޑި ކަޅޭ
Feb 5, 2024, 03:19 PM
ޓޭޕޭ ޔާރައްބީކާކުއެފަދަކަމެއްއެމަނިކުގާނައްކުރަންއުޅެނީ ހަމަގައިމުވެސް އެމަނިކުފާނައްއެފަދަކަމެއް މަގޭހަށިގަނޑުގަ ވިންދުހުރިހާއިހިނދަކުނުކުރާނަން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved