March 12, 2026
Advertisement
ފަލަސްތީން
ފަލަސްތީން / އަލްޖަޒީރާ

ތުލްކަރޭމް އަށް ދިން ހަމަލާގައި ހަމާސްގެ ކޮމާންޑަރު ޝަހީދުކޮށްލި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

Aminath Zara
އައިމިނަތު ޒާރާ
Oct 27, 2024, 01:57 AM
މާލެ ސިޓީ

ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލުމަށް ތުލްކަރޭމްގައި "އިންޓެލިޖެންސް ބޭސްޑް ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް" ހިންގާފައިވާ ކަމަށެވެ.

Advertisement

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ކޮމާންޑަރަކީ އުމުރުން 29 އަހަރުގެ އިސްލާމް ޖަމީލް އޮޑެހް ކަމަށެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި ސަހްޔޫނީން ސިފައިން ވަނީ ތުލްކަރޭމްގެ އަލްސަލާމް އަވަށުގައި ދިރިއުޅޭ އިމާރާތެއް ފަތިހު ވަށާލައި އެޕާޓްމަންޓަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީ، 20 އަށް ވުރެ ގިނަ ބޮން ގޮއްވާލައިފަ އެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެގައުމުން ދިން ވައިގެ ހަމަލާއެއްގައި ޒާހީ އޫފީ ޝަހީދުވުމާ ގުޅިގެން ތުލްކަރޭމްގައި ހަމާސްގެ އޮޕަރޭޝަންތަކުގެ ލީޑަޝިޕާ އޮޑެހް ހަވާލުވެވަޑައިގެންފައިވާ ކަމަށާއި އިތުރު ހަމަލާތައް ރޭވުމުގައި އަމަލީ ގޮތުން ރާވަމުން ގެންދަވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved