
މޫލީން ގެލެކްސީ އެސް24 ފޯނު ޕްރިއޯޑާ ކުރި ކަސްޓަމަރުންނަށް ޑެލިވަރީތައް ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އުރީދޫއިން ބުނީ މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 24 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ކަސްޓަމަރުންނަށް 1 ފެބުރުއަރީގައި ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށާފައިވާކަމަށެވެ.
އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނަށް ޕްރީއޯޑަރު ކުރަން ހުޅުވާލީ މިދިޔަ މަހުގެ 19ގައި ކަމަށެވެ.
މޫލީ މެދުވެރިކޮށް އެސް24 ފޯނު ގަންނަ މީހުންނަށް އެ އޮފާގެ ދަށުން އެތައް ފައިދާއެއް ލިބޭއިރު އޭގެ ތެރޭގައި ހިމެނެނީ:
އުރީދޫއިން ބުނީ އެ ކުންފުނިން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.










