March 14, 2026
Advertisement
ނަސީބުވެރިއަކަށް އުރީދޫއިން ސައިކަލެއް ހަވާލުކުރަނީ
ނަސީބުވެރިއަކަށް އުރީދޫއިން ސައިކަލެއް ހަވާލުކުރަނީ / އުރީދޫ

އުރީދޫން 12 ނަސީބުވެރިއަކަށް ސައިކަލު ހަވާލުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 6, 2024, 09:27 PM
މާލެ ސިޓީ

މިދިޔަ ސެޕްޓެމްބަރު މަހު އުރީދޫން ފެށި، ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި 12 ނަސީބުވެރިއަކަށް ސައިކަލު ހަވާލުކޮށްފިއެވެ.

Advertisement

އުރީދޫން ބުނީ އަންނަ އަންނަ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި 22 ސައިކަލުގެ ނަސީބުވެރިން ހޮވާނެ ކަމަށެވެ.

އުރީދޫ ކަސްޓަމަރުން 250ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި:

  • އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒަކަށް ހުށަހަޅާފައި ވަނީ 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެކެވެ.

މިއީ ރާއްޖޭގެ ބޮޑު ބަޔަކަށް 5ޖީ ހިދުމަތް ދިނުން ފާހަގަކުރުމުގެ ގޮތުން އުރީދޫން ފެށި ޕްރޮމޯޝަނެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved