March 12, 2026
Advertisement
-
- / ބީބީސީ

ސަހްޔޫނީން ޣައްޒާގެ ގެއަކަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Nov 10, 2024, 10:06 PM
މާލެ ސިޓީ

ސަހްޔޫނީން ޣައްޒާގެ ގެއަކަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

Advertisement

އެގޮތުން ޣައްޒާގެ އުތުރުގެ ޖަބަލިއާގެ ގެއަކަށް ސަހްޔޫނީން ދިން ހަމަލާއެއްގައި ދިހަވަރަކަށް މީހުން ޝަހީދުވެ ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ މެޑިކްސް އާއި ސަލާމަތީ ފަރާތްތަކުން ބުނެފައިވެއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާ އާއި ޣައްޒާގެ ހަމާސް އިން ހިންގާ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވަނީ މަދުވެގެން 30 މީހުން ޝަހީދުވެފައިވާ ކަމަށެވެ. ސިވިލް ޑިފެންސް އިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ ކަމަށެވެ.

އެހީ ދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި ޖަބަލިއާ އާއި ޣައްޒާގެ އުތުރުގެ އެހެން ސަރަހައްދުތައް ވަށާލާފައި ވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު ސަހްޔޫނީން ހަމާސްއާ ދެކޮޅަށް އާ ބިމުގެ ހަމަލާއެއް ފެށި ފަހުންނެވެ.

ސަހްޔޫނީންގެ ހަމަލާތަކުގައި 43000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އޮކްޓޯބަރު 7، 2023 އިން ފެށިގެން މިވީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 43،603 މީހުން ޝަހީދުކޮށްލައި 102،929 މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved