March 12, 2026
Advertisement
-
- / ބީބީސީ

ސަހްޔޫނީން ލުބުނާނާއި ޣައްޒާއަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Nov 11, 2024, 04:01 PM
މާލެ ސިޓީ

ސަހްޔޫނީން ލުބްނާނާއި ޣައްޒާގެ އުތުރުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި އެތައް ކުޑަކުދިންނެއް ޝަހީދުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

Advertisement

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ވެރިރަށް ބެއިރޫތުގެ އުތުރުގައި އޮންނަ ބައިބްލޯސް ކައިރީގައި އޮންނަ އަލްމަޓްގައި އާދީއްތަ ދުވަހު ހަތް ކުޑަކުދިންނާއެކު 23 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ޣައްޒާގެ އުތުރުގެ މަދަނީ ދިފާއީ އިދާރާއިން ބުނީ ދެ ގެއަކަށް ސަހްޔޫނީން ދިން ހަމަލާތަކުގައި 30 މީހުން މަރުވެފައިވާ ކަމަށެވެ.

ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި އިތުރު ފަސް މީހަކު މަރުވެފައިވާ އިރު، އޭގެ ފަހުން ވެސް ބައެއް މީހުން ގެއްލިފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ހާމަކޮށްފައިވެއެވެ.

ސަހްޔޫނީންގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނީ ހިޒްބުالله އިން ލުބުނާނުގައި ހަތިޔާރު ރައްކާކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ބެލެވެ ގޮތުގައި އެ ސަރަހައްދަށް ސަހްޔޫނީންގެ ހަމަލާތައް އަމާޒުކުރާނެ ކަމަށް ވެއެވެ.

ސަހްޔޫނީންނާއި ހިޒްބުاللهއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ލުބުނާނުގައި މަރުވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން މި ހަފުތާގައި ބުނެފައިވާއިރު ޣައްޒާގައި މި އަދަދު ވަނީ 43،000 އަށް ވުރެ މައްޗަށް ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved