March 10, 2026
Advertisement
ދިރާގު އޮފީސް
ދިރާގު އޮފީސް / ފޭސްބުކް

މުއާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަން ސަރުކާރުން ނިންމައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 20, 2024, 05:09 PM
މާލެ ސިޓީ

މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަތުން އަންނަ އަހަރުން ފެށިގެން އިތުރު ފީއެއް ނަގަން ނިންމައިފިއެވެ.

Advertisement

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކޮށް، ބޭރުގެ ފައިސާއިން ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ގާބިލްކަންް އިތުރުކުރުމަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރަން ސިޔާސަތުތަކެއް ހިމަނާފައެވެ.

އޭގެ ތެރެއިން އެއް ކަމަކީ ރާއްޖޭގެ ރޭޑިއޯ ފްރިކުއެންސީ ސްޕެކްޓްރަމް ހަރުދަނާކަމާ އެކު ބެލެހެއްޓުމަށް ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމެވެ.

އެ ފީ ނަގާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެކަން ކުރާނީ އެކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެންނެވެ. ނަމަވެސް އެ ފީ ނަގައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއެއް ބަޖެޓްގައި ހިމަނައިފައެއް ނުވެއެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 40 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 29 ބިލިއަން ހޯދަން ކަނޑައަޅާފައިވަނީ ޓެކްސްގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved