March 9, 2026
Advertisement
ދިރާގު އާއި ހޮޓެލިއާ މޯލްޑިވްސް ޕާޓްނާޝިޕެއްގައި ސޮއިކުރުން
ދިރާގު އާއި ހޮޓެލިއާ މޯލްޑިވްސް ޕާޓްނާޝިޕެއްގައި ސޮއިކުރުން / ދިރާގު

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމަށް ދިރާގުން ޕާޓްނާޝިޕެއްގައި ސޮއިކޮށްފި

Hussain Nawaf
ހުސައިން ނަވާފް
May 12, 2025, 10:39 PM

ޖޫން މަހު ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމަށް ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

Advertisement

އެ ޕާޓްނާޝިޕްގެ ދަށުން ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެއް ކަމަށް ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމުގައި ހޮޓެލިއާ މޯލްޑިވްސްއާ ގުޅިގެން ދިރާގުން އިސް ދައުރެއް އަދާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން އެ އެވޯޑް ހަފްލާގައި ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ފުރުތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރެވެ.

މި އަހަރުގެ އެވޯޑަށް އެކި ކެޓަގަރީތަކަށް 450 އަށް ވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އައު އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، ހަ ލައްކައަށްވުރެ ގިނަ އާންމު ވޯޓު ވަނީ ލިބިފައެވެ.

ދިރާގުން ދަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި، އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved