March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 17, 2026, 03:15 AM
މާލެ ސިޓީ

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނުގެ ދަށުން ދޭ ދެ ސްޕީޑްބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓުގެ ނަސީބުވެރިޔަކަށް ގއ. ވިލިނގިލީ، އަބްދުﷲ ސައީދު ހޮވިއްޖެއެވެ.

Advertisement

މި ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައި އޮންނަ ދިރާގު ބީޗު ސަރަހައްދުގައެވެ. މި އިވެންޓަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި ފޯރިގަދަ ހަރަކާތްތަކާއެކު ބޭއްވި ހާއްސަ ހަފުލާއެކެވެ.

ދިރާގުން މި ޕްރޮމޯޝަން ފަށާފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި ހަދިޔާއެއް ދިނުމުގެ މަގުސަދުގައެވެ. މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް ލިބެނީ ރާއްޖޭގައި އުފައްދާފައިވާ މަތީ ފެންވަރުގެ 'އަލްޝާލީ މެރިން' މެޖެލަން 32 ފޫޓުގެ ލޯންޗެކެވެ. މީގެ އިތުރުން މި ލޯންޗުގައި 175 ހޯސްޕަވަރުގެ ދެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕްލޭންތަކަށާއި، ފައިބާ ބްރޯޑްބޭންޑް ސްޓާޓަރ 40އެމް އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މިއަދުގެ ގުރުއަތުލުމަށްފަހު ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް އެބައޮތް ކަމަށެވެ. މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ހާއްސަ އަދި އަގުބޮޑު ފުރުސަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved