ދިރާގުން ބޭއްވި ރޯޑް ރޭސްގެ ތެރެއިން. / ދިރާގު
ވިޔަފާރި
ދިރާގު ފުވައްމުލައް ރަންގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫ ކުރަނީ
Hussain Nawaf
ހުސައިން ނަވާފް
20 އޭޕްރީލު 2025

ދިރާގު ފުވައްމުލައް ރަން ޑީއެފްއާރްގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށަން ނިންމައިފި އެވެ.

ޑީއެފްއާރްގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ، އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރު ގައެވެ.

ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

އެގޮތުން ދިރާގު ހެޑް އޮފީހުގައި ބިބް އެކްސްޕޯ ކުރިއަށްދާނީ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަކަަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށް ދިރާގުން މަައުލޫމާތު ދެއެވެ.

ދިރާގުން ބުނި ގޮތުގައި މި ދެ ދުވަހަށް ފަހު ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި އެޕްރީލް 30 އާއި މޭ 1 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގަ އެވެ.

ކުރުނދުމާ މާލަމުގައި ބިބް އެކްސްޕޯ ކުރިއަށްދާނީ ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ. މީގެ އިތުރުން ރޭގަނޑު 8:00 އިން 10:00 އަށް ވެސް ބިބް ދޫ ކުރުން ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ދިރާގުން ބުނި ގޮތުގައި ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބ،ް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ.

ރޭސް ކިޓް ހަވާލުކުރެވޭނީ ދުވުންތެރިޔާގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށް ދިރާގުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved