March 10, 2026
Advertisement
ދިރާގު
ދިރާގު / ސަން އޮންލައިން

ޕްރިޕެއިޑް ކަސްޓަމަރުން ރިލޯޑުކޮށްގެން 10،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

Hussain Nawaf
ހުސައިން ނަވާފް
May 21, 2025, 11:33 PM

ދިރާގުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަމައެކަނި ރީލޯޑްކޮށްގެން 10،000 ރުފިޔާ އަދި 10،000 ރުފިޔާގެ މޯލްޑިވިއަންގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Advertisement

މިއީ ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިންނަށް އިނާމުތައް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް އެއް ޓީބީއާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ. މިއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނަ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދިރާގުން އަބަދުވެސް ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved