އެޑީކޭ / އޭ.ޑީ.ކޭ ހޮސްޕިޓަލް
ހަބަރު
އޭޑީކޭގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުވަނީ, ސަމާލުވާން އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ނޮވެމްބަރު 2024
މާލެ ސިޓީ

އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ސަމާލުގައިވާގޮތުން އެ ހޮސްޕިޓަލުގެ ރަސްމީ އެސްއެމްއެސް ހޭންޑަލުން ސްކޭމް މެސެޖުތަކެއް ދައުރުކުރަމުން އަންނަކަން އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

އެފަދަ އެސްމެސްތަކުން ފޮނުވާ އެއްވެސް ލިންކެއް ނުހުޅުވުމަށާއި އެ އެސްއެމްއެސްތަކަށް ޖަވާބުދިނުމުގެ ގޮތުން ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް އޭޑީކޭން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ފުލުހުންގެ ރެކޯޑުތައް ދައްކާގޮތުން ފުލުހުންނަށް 1661 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ދައްކާއިރު މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް 1302 ސްކޭމްގެ މައްސަލަ ވަނީ ހުށަހަޅާފައިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved