

އޭޑީކޭ ގްރޫޕުގެ ޔޮޓެއްގައި އެއްޗެއް ގޮވާ އަލި ހުރަސް ކަނޑު އަޑިއަށް ޔޮޓު ފެތިއްޖެއެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ހާމަކޮށްފައިވަނީ، އޭޑީކޭ ހޮސްޕިޓަލު ހިންގާ އޭޑީކޭ ގްރޫޕުގެ ލަގްޒަރީ ޔޮޓު "ނަވައިމާ" ގައި ރޯވެ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށާ ހާދިސާ ހިނގާފައިވަނީ މާލެ އަތޮޅު ރީތި ރަށް ރިސޯޓާ ދިމާ ފަސް މޭލު ބޭރުން ކަމަށެވެ. ހާދިސާ ހިނގީ ފެބްރުއަރީ 5، ވަނަ ދުވަހު ފަތިހު 3:45 ހާއިރުއެވެ.
ޔޮޓުގައި އެ ވަގުތު ފަސް މީހަކު ތިބި ކަމަށާއި އެތަނުން އެކަކު ފިހިގެން މާލެ ގެނެސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބު ފުލުހުން ހާމަކޮށްފައިނުވެއެވެ.
ޔޮޓުގައި އަލިފާން ރޯވި އިންޖީނު ރޫމުން އެއްޗެއް ގޮވުމާ ގުޅިގެން ކަމާ ރޯވި އަލިފާން ވަރަށް އަވަހަށް ފެތުރުނު ކަމަށްވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފަސް ވަރަކަށް ގަޑިއިރަށް އެނދުމަށްފަހު ޔޮޓު އަޑިއަށް ދިޔައީ ހެދުނު 7:00 ހާއިރު ކަމަށާއި މެރިން ޕޮލިހާއި ސިފައިންގެ ކޯސްޓު ގާޑުން އެ ސަރަހައްދަށް ދިޔަ ކަމަށްވެސް ވެއެވެ.
ނަވައިމާ އަކީ އޭޑީކޭ ކުންފުނިން ލަގްޒަރީ ޗާޓާތަކަށް ދޫކުރާ ޔޮޓެކެވެ. 26 މީޓަރުގެ މި ޔޮޓުގައި ޖުމްލަ ހަތަރު ކޮޓަރި ހުންނައިރު 10 ގެސްޓުންނާއި 4 ފަޅުވެރިންގެ ޖާގަ އެ އުޅަނދުގައި ހުންނަ ކަަމަށެވެ. 2008 ގައި ބަނދެ ބޭނުންކުރަން ފެށި އެ ޔޮޓު އެންމެ ފަހުން މަރާމާތުކޮށްފައިވަނީ 2016ގައި ކަމަށް ވެއެވެ.