February 25, 2026
Advertisement
ޒަކާތު ފަންޑުން ގައްޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ހަދިޔާކުރަން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު.-
ޒަކާތު ފަންޑުން ގައްޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ހަދިޔާކުރަން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު.- / އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް އެހީ ދޭން ނިންމައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 27, 2024, 10:51 PM
މާލެ ސިޓީ

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް 100,000 ޑޮލަރު ހަދިޔާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

Advertisement

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ގަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ޒަކާތު ހައުސްއިން ދޭ 1 ލައްކަ ޑޮލަރުގެ ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ.

އަދި މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއަށްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved