April 28, 2026
Advertisement
އިސްރަށްވެހިންނަށް ޚާއްސަކޮށް، ފޭދޫގައި ބޭއްވި "ގްރޯ ވިތް އުރީދޫ"ގެ ސެޝަންގެ ތެރެއިން -
އިސްރަށްވެހިންނަށް ޚާއްސަކޮށް، ފޭދޫގައި ބޭއްވި "ގްރޯ ވިތް އުރީދޫ"ގެ ސެޝަންގެ ތެރެއިން - / އުރީދޫ

ފޭދޫގައި "ގްރޯ ވިތް އުރީދޫ"ގެ ސެޝަނެއް ބާއްވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 28, 2024, 04:43 PM
މާލެ ސިޓީ

މިދިޔަ ހޯމަ ދުވަހު އުރީދޫ އިން ކުރިއަށް ގެންދާ "ގްރޯ ވިތް އުރީދޫ"ގެ ސެޝަނެއް ސ. ފޭދޫގައި ބާއްވައިފި އެވެ.

Advertisement

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި ގޭގައި ގަސްއިންދުމާއި ހެއްދުމަށް ކުރެވިދާނެ ކަންކަން ކިޔައިދީ އަމަލީ ސެޝަނެއްވެސް ކުރިއަށް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ސެޝަން ކުރިއަށް ގެންދިޔައީ ސ. ފޭދޫ އަވަށު އޮފީހާ ގުޅިގެންނެވެ.

މި ސެޝަން ނަގައިދިނީ އުރީދޫގެ "ގްރޯ ވިތް އުރީދޫ" ބްރޭންޑް އެމްބެސެޑަރު ރަމްޒީ ހުސެން އެވެ.

މިހަރަކާތަކީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން، އިންކްލޫސިވް އިވެންޓްތައް ބޭއްވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޖުތަމައުގައި ހަރަކާތްތެރި ފަރާތްތަކުގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް ތަފާތު ގުރޫޕްތަކަށް ހިދުމަތް ދޭ ގޮތަށް ހަރަކާތްތައް ފަރުމާކޮށް، އިންކްލޫސިވް ކޮމިއުނިޓީތައް ބިނާކުރުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރެ އެވެ.

އެ ގޮތުން މައުލޫމާތު ހިއްސާކުރުމާއި އަމަލީ ހުނަރުގެ ޒަރިއްޔާއިން މި ޑިމޮގްރަފިކް ބާރުވެރިކުރުވައި، އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަކީ ކުންފުނީގެ އަމާޒެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved