April 24, 2026
Advertisement
މަލީހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަލީހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ތޭރަ އޮންލައިން

ރިޔާސީ ބަޔާނުގައި އަދުލު އިންސާފްގެ ވާހަކައެއް ނުދައްކަވާ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Feb 5, 2024, 04:23 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްވި އެންމެ ފުރަތަމަ ބަޔާނުގައިވެސް އަދުލު އިންސާފްގެ ވާހަކަ ދައްކަވާފައިނުވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ (ޕީޕަލްސް ނެޝަނަލް ފްރޮންޓް) ޕީއެންއެފް އުފެެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް ކަމަށްވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވަނީ ރައީސް ޔާމީން އަދިވެސް ހުންނެވީ ހަރާން ހުކުމެއްކައިން ފާހަގަކުރައްވާފައެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވެވަޑާއިގެންނެވި ވައުދު ނުފުއްދަވާ ހިނދަކު ރައީސް މުއިއްޒުގެ ވެރިކަން އެއްވެސް ހާލަތެއްގައި ހަލާލު ނުވާނެކަމަށް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައި އެއްވެސް ވަަރަކަށް އަދުލު އިންސާފް ގާއިމްކޮށްދިނުމުގެ ވާހަކަ ރައީސް މުއިއްޒު ފާހަގަކުރައްވާފައިނުވާތީ މަލީހްގެ ފާޑުކިޔުންވަނީ ރައީސް މުއިއްޒަށް އަމާޒުކުރައްވާފައެވެ.

މަލީހް ވަނީ ރައީސް ޔާމިން މިނިވަންކުރައްވާނެކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުވެސް ހަނދާންކޮށްދެއްވާފައެވެ.

އިތުރަށް މަލީހް ވަނީ ރައީސްް ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާފައިވާއިރު ގިނަ ބަޔަކު އަންނަނީ ބަޔާނަށް ފަޑު އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved