March 13, 2026
Advertisement
އުރީދޫ ދޯހާ މެރެތަން އިއުލާން
އުރީދޫ ދޯހާ މެރެތަން އިއުލާން / އުރީދޫ

އުރީދޫ ކަސްޓަމަރުން ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު!

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 5, 2024, 06:07 PM
މާލެ ސިޓީ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫއިން އިއުލާންކޮށްފިއެވެ.

Advertisement

މި ލަކީ ޑްރޯގައި ބައިވެރިވާ އޫރީދޫ ކަސްޓަމަރުންގެ ތެރެއިން، 2 ކަސްޓަމަރުންނަށް މި މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މި ލަކީ ޑްރޯގައި 4 ފެބްރުއަރީއިން ފެށިގެން 10 ފެބްރުއަރީގެ ނިޔަލަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި 21 ފަރާތް 11 ފެބްރުއަރީގައި އިއުލާން ކުރާނެ ކަމަށްވެސް އުރީދޫއިން ވަނީ ހާމަކޮށްފައެވެ.

ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ތަކުގެ ތެރޭގައ، އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި 1 އަހަރު ހުރުން، ދޯހާ މެރެތަންގައި ހާފް މެރެތަނެއްގައި ދުވުމުގެ ސިއްހީ ގާބިލްކަން ހުރުުން، މީގެ ކުރިން ހާފް މެރެތަން އެއްގައި ދުވެފައިވުން، ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ޕާސްޕޯޓެއް އޮތުމުގެ އިތުރުން 10 ފެބްރުއަރީގެ ކުރިން ލަކީޑްރޯގައި ބައިވެރިވުން ހިމެނެއެވެ.

މި ލަކީޑްރޯގައި ބައިވެރިވުމަށް ore.do/dohamarathon މި ލިންކުން ބައިވެރިވެވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved