March 12, 2026
Advertisement
ޣައްޒާގެ ރައްޔިތުން ކޮށްފައިވާ ޕޯސްޓްތައް
ޣައްޒާގެ ރައްޔިތުން ކޮށްފައިވާ ޕޯސްޓްތައް / ސޯޝަލް މީޑިއާ

ޣައްޒާގައި ކުޑަކުދިން ބޭނުންކުރާ ނެޕީ ހުސްވެ ކޮތަޅު ބޭނުންކުރަން ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 2, 2024, 11:08 PM
މާލެ ސިޓީ

ޣައްޒާގައި ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ބޮޑު ތަދުމަޑުކަމެއް ވަނީ ފެތުރިގެން ގޮސްފައެވެ.

Advertisement

ގެދޮރު ގެއްލި، އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު ކެއިން ބުއިމަށްވެސް ފަލަސްތީނުގެ ރައްޔިތުން އަންނަނީ ބޮޑެތި ތަކުލީފުުތައް އުފުލަމުންނެވެ.

މީގެ އިތުރުން، ކުޑަކުދިން ބޭނުންކުރާ ނެޕީތައް ހުސްވެ ޕްލާސްޓިކް ކޮތަޅުތައް ބޭނުންކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

މިކަމުގެ ސަބަބުން ކުޑަކުދިންނަށް ހަމުގެ ގިނަ މައްސަލަތަކެއް ކުރިމަތި ވަމުން އަންނަ ކަމަށާއި އެ ކުދިންނަށް ރަނގަޅު ފަރުވާ އެއް ދެވޭނެ ގޮތެއް ނެތް ކަމަށްވެސް ވެއެވެ.

މި ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ފަހި ކޮށްދިނުމަށް ފަލަސްތީނުގެ ރައްޔިތުން އަންނަނީ އާދޭސް ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެތަކެއް ކުޑަކުދިންތަކެއް ވަނީ ޝަހީދުވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved