March 12, 2026
Advertisement
-
- / ސީ.އެން.އެން

ސަހްޔޫނީންނަށް ގޮތް ހުސްވެ އެންމެ ފަހުން އެގައުމުގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރަން އަންގަން ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 2, 2024, 11:39 PM
މާލެ ސިޓީ

ހަނގުރާމްކޮށްގެން ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކިސަރަހައްދުގެ މުސްލިމުންގެ އީމާންތެރިކަމާއި ހިތްވަރު ގުޑުވާނުލުވުމުން މުސްލިމުންނަށް ދަތިކުރުމުގެ ގޮތުން އެންމެ ފަހުން އެ ގައުމުގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރަން އަންގަން ފަށައިފިއެވެ.

Advertisement

ސަހްޔޫނީންގެ މިސްކިތްތަކުގައި ލައުޑް ސްޕީކަރު ބޭނުން ކޮށްގެން ބަންގި ގޮވުން މަނާ ކުރުމަށް އެގައުމުގެ ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ފުލުހުންނަށް އަންގާފައިވާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން މައުލޫމާތުދެއެވެ.

އެކްސްގައި އިޓަމާރު ބެން-ގްވީރު ކުރި ވީޑިއޯ ޕޯސްޓެއްގައި ބުނީ "މިސްކިތްތަކުގައި އަޑުގަދަވުމުގެ މައްސަލަ އަށް ހައްލެއް ހޯދައި ތަންފީޒު ކުރަން" ފުލުހުން ޖެހޭ ކަމަށެވެ.

ސަހްޔޫނީންގެ ޗެނަލް 12 އިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެން-ގްވީރު ވަނީ ލައުޑް ސްޕީކަރު ހިފެހެއްޓުމާއި ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ފުލުހުންނަށް އިރުޝާދުތަކެއް ދީފައެވެ.

މުސްލިމުންގެ 14% އެ ގައުމުގައި ދިރިއުޅެމުންދާއިރު އަރަބި އަވަށްތަކުގެ މޭޔަރުން ޗެނަލް 12 އަށް ވިދާޅުވީ މިއީ އަރަބި އަދި މުސްލިމް މުޖުތަމައުތަކާ ދެކޮޅަށް ބެން ގްވީރުގެ ފަރާތުން އާ ހިތްވަރެއްގެ ގޮތުގައި ދެކޭ ކަމަށާއި އެކަމުގެ ސަބަބުން ހަމަނުޖެހުން އުފެދިދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved