March 22, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

މިހާރު މިއީ "ލޯ ލެސް ސޮސައިޓީއެއް": ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 3, 2024, 03:04 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ގާނޫނީ ބާރު މިހާރު ނުހިނގާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި، ގައުމުގައި ރައްޔިތުންގެ ބާރު ކެނޑި ގައުމުގައި ފީސަބީލިއްލާހި އުސޫލު އޮތްކަން ފާހަގަކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ގާނޫނުގެ ވެރިކަން ރާއްޖޭގައި ހިނގާކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަން ފާޅުގައި ފެންނަމުންދާއިރު މި ގައުމުގައި ސަރުކާރުން ގާނޫނު ދަމަހައްޓަން މަސައްކަތްކޮށް ރޫލު އޮފް ލޯ ޕްރެކްޓިސް ކުރާ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މި ސަރުކާރަކީ ގާނޫނު ދަމަހައްޓަން މަސައްކަތްކުރާ ސަރުކާރެއްތޯ، މި ގައުމުގައި މިހާރު ރުލް އޮފް ލޯ ނޫނީ ގާނޫނުގެ ވެރިކަން މި ގައުމުގައި ހިނގާތޯ؟ އެމްޑީއިން ގެންދަނީ އާމްދަނީއާ ނުބައްދަލު މުއްސަދިކަން ހޯދަމުން. އެހެންވީމަ އަޅުގަޑު ގަބޫލުކުރަނީ މިއީ މިހާރު ލޯ ލެސް ސޮސައިޓިއެއް ކަމަށް

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގާނޫނުތައް ބުރަ މަސައްކަތުން ހަދާފައި ހުރީ މިފަދަ މުކައްބަ ސަރުކާރެއް ދަމަހައްޓަން ނޫން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާ ޖަވާބުދާރީ ކުރުވަން ހުރި ހުރިހާ މަގެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަންދުކުރަމުން ގެންދާ ކަަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved