March 12, 2026
Advertisement
ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދެއް
ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދެއް / ތޭރަ އޮންލައިން

ސަހްޔޫނީން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތުން އުޅޭ 15 ޓެންޓް އެއްގައި ރޯވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Dec 4, 2024, 05:08 PM
މާލެ ސިޓީ

ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތުން އުޅެމުން ދިޔަ 15 އަށް ވުރެ ގިނަ ޓެންޓެއްގައި ރޯވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

Advertisement

މި ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްބުރައިޖް ކޭމްޕްގައި ހިޔާވަހިކަން ހޯދަމުންދާ ފަރާތްތަކަށެވެ.

ސަހްޔޫނީންގެ ހަމަލާތައް ސަލާމަތްތެރި ސަރަހައްދުތަކަށް އަމާޒުކުރަން ފަށާފައިވާ ކަމަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކާއި، ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް އަމާޒުކުރާކަން ފާހަގަވެ އެވެ.

ސަހްޔޫނީން ދެމުން އަންނަ މިފަދަ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުވާ މިންވަރު އިތުރުވެފައިވެ އެވެ.

ހަމަލާތައް ހުއްޓާލުމަށް ސަހްޔޫނީން އެއްބަސްވުމަށް މަޝްވަރާތައް ކުރުމަށް ނިންމާފައިވާއިރު ހަމަލާތައްވަނީ އަނެއްކާވެސް ފެށިފަ އެވެ.

ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމުއަށް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved