March 22, 2026
Advertisement
ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން
ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މާދަމާރޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Dec 8, 2024, 06:17 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

އެ ޕާޓީއިން ހާމަކުރާ ގޮތުގައި ޖަލްސާ އޮންނާނީ މާދަމާ (09 ޑިސެމްބަރު 2024) ވާ ހޯމަ ދުވަހުގެރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މާދަމާ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

އާންމުކޮށް ކޮންމެ ހޯމަ ދުވަހެއްގެރޭ އާ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް މާދަމާރޭ ބާއްވާއިރު މި ޖަލްސާއަކީވެސް ވަރަށް ފޯރިގަދަވާނެ ޖަލްސާއެއް ކަމަށް ޕީއެންއެފުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މިމާދަމާރޭގެ ޖަލްސާގައިވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved