July 10, 2026
Advertisement
70 ޕަސެންޓު ރައްޔިތުން ބުނީ ދެން މުއިއްޒު އިލެކްޓު ނުވާނެ އޭ: ޑރ ޖަމީލު
70 ޕަސެންޓު ރައްޔިތުން ބުނީ ދެން މުއިއްޒު އިލެކްޓު ނުވާނެ އޭ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

70 ޕަސެންޓު ރައްޔިތުން ބުނީ ދެން މުއިއްޒު އިލެކްޓު ނުވާނެ އޭ: ޑރ ޖަމީލު

Jul 10, 2026, 02:43 PM
މާލެ ސިޓީ

ދާދި އިހަކަށް ދުވަހު ނެގި ރިފަރަންޑަމް ވޯޓުން، ދެނއ ރައީސް މުހައްމަދު މުއިއްޒު މި ގައުމުގެ ވެރިކަމަށް އަލުން ވަޑައި ނުގަންނަވާނެކަން ހާމަވެގެން ގޮސްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަަ ދައްކަވަމުންނެވެ.

ޑރ ޖަމީލު ވިދާޅުވި މަކަރާ ހީލަތުން ވެރިކަމަށް ވަޑައިގެން ހުންނަވާ ރައީސް މުއިއްޒު ގެންދަވަނީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރުމަށްވެސް ރިޝްވަތް ބަހަމުން ކަމަށެވެ. ނަމަވެސް ގައުމުގައި މިފަހުން ބާއްވާ އެއްވެސް އިންތިހާބެއްގައި ސަރުކާރަށް ކާމިޔާބު ނުލިބޭކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ދެން ވެސް ކާމިޔާބު ނުލިބޭނެ ކަމަށާ ސަބަބަކީ ރައްޔިތުންގެ މެދުގައި ރައީސް މުއިއްޒާ މެދު އޮތް އިތުބާރު ގެއްލިފައިވުން ކަމަށެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ. ރައީސް އަބްދުﷲ ޔާމީންނަށް ލަނޑުދީ ކެހިދީފައިވާއިރު މިއަދު އެކަމުގެ ހިތި ރައީސް މުއިއްޒަށް ފެންނަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved