ވޭޕު ބޭން ކުރުމުން ސިނގިރޭޓު ބޯ މިންވަރު އިންތިހާއަށް އިތުރުވާކަން ރިސާރޗުތަކެއްގެ އަލީގައި، ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ވޭޕު މަނާ ކުރުމަށްފަހު އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޮޑުކޮށް އަގުބޮޑުކޮށް ސިނގިރޭޓު ވިއްކުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ތިން ރިސާރޗެއްގެ އަލީގައި އެރޭގެ ވާހަކަފުޅު ބިނާ ކުރައްވާފައެވެ. އެގޮތުން އެ ތިން ރިސާރޗުންވެސް ހާމަވަނީ ވޭޕު ކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ވުރެ ސިއްހަތަށް ނުރައްކާ ކުޑަކަމެއްގެ ގޮތުގައި ކަމާ އަދި ވޭޕު ކުރުމަކީ ދުންފަތާ މީހާ ދުރުކޮށްދޭ ކަމެއްކަން ވެސް އެ ރިސާރޗުތަކުން ހާމަވާކަން ވެސް ރައީސް ޔާމީން އޮޅުންފިލުއްވައިދެއްވިއެވެ.
އެމެރިކަން ކޮންސިއުމަރ އިންސްޓިޓިއުޓު ސްޓަޑީއަކީއާ ޓޮބެކޯ ޕޮލިސީ ރިޕޯޓު އިނގޭތޯ. މި ދެ ރިސާރޗުގައިވެސް ދައްކަނީ ވޭޕިން އިޒް އަ ހާމް ރިޑަކްޝަން ޓޫ އެންޑް ސަޖެސްޓްސް ބޭންސް ވިޗް ލީޑްސް ޓު ހަޔަރ ސިނގިރެޓު ކޮންސަޕްޝަން. އެހެންވީމަ ވޭޕު ބޭނުންކުރީ އެއީ ލެސް ހާމްފުލްކަމެއް ކޮންސަޕްޝަނަސްވުރެ. ދެން އޮތީ އިނގިރޭސިވިލާތުގެ ޕަބްލިކު ހެލްތު އިންގްލޭންޑް. މި މީހުންގެ ސްޓަޑީގައިވެސް މި ބުނަނީ، އޮންގޮއިން ރިސާޗު އަންޑަސްކޯސް ދަ އިިފެކްޓިވްނެސް އޮފް ވޭޕިން އޭޒް އަ ސްމޯކް ސެސެޝަން ޓޫލް. ސްމޯކާ ދުރު ކުރާނެކަމެއްގެ ގޮތުގައި އިނގޭތޯ. އެކަމަކު މިކަން ނުކޮށް ހުއްޓުވާލީމަ މިވާ ގޮތަކީ އަނެއްކާވެސް ސިނގިރޭޓު ކޮންސަޕްޝަން އިތުރުވެގެންދާ ވާހަކައެއް މި އަންނަނީ. މީ މިތަންތަނުގެ ރިސާރޗު މި ދައްކާ ގޮތަކީ
ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަން ދިރާސާ ނުކޮށް ރައީސް މުހައްމަދު މުއއިްޒުގެ ސަރުކާރުން ނިންމުންތައް ނިންމުމުގެ ނަތީޖާއަކި ރައްޔިތުންނަށް ވާ ފައިދާއަށް ވުރެ ގެއްލުން ބޮޑުވުން ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ވޭޕު ބޭންކޮށް ސިނގިރޭޓު އަގު ބޮޑުކުރި ކުރުމުގެ ފަހަތުގައިވެސް ރައީސް މުއިއްޒުއަށް މަންފާވާކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެގޮތުން ސިނގިރޭޓު ވިޔަފާރިކުރާ ފަރާތްތަކުން ރައީސް މުއިއްޒަށް އެ ވިޔަފާރިތަކުން ވަކި އިން ސައްތައެއް ފަިދާއިން ދޭކަމަށް އަޑުތައް ފެތުރިފައިވެއެވެ.