February 28, 2026
Advertisement
ސްޕާ ސިލޯނުން އުރީދޫ ކްލަބް ޕްރިމިއާއާ ގުޅުން: ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާތަކެއް ވަނީ ހުޅުވާލާފައި
ސްޕާ ސިލޯނުން އުރީދޫ ކްލަބް ޕްރިމިއާއާ ގުޅުން: ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާތަކެއް ވަނީ ހުޅުވާލާފައި / އުރީދޫ

ސްޕާ ސިލޯންއިން އުރީދޫ ކްލަބް ޕްރިމިއާއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 13, 2024, 01:57 AM
މާލެ ސިޓީ

ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯން ކްލަބްޕްރިމިއާ ޕާޓްނަރެއްގެ އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއަރ އާ ގުޅިއްޖެ އެވެ.

Advertisement

ސްޕާ ސިލޯންއިން ވަނީ ކްލަބް ޕްރިމިއާ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިޔާއާއި ގުޅިފަ އެވެ. އުރީދޫއިން ބުނީ މި ޕާޓްނަޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުން އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރުކުރެވޭނެ ކަމަށެވެ.

އަދި މި ޕާޓްނާޝިޕަކީ އުރީދޫގެ އެންމެ ޚާއްސަ ކަސްޓަމަރުން ކަމަށްވާ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އަގުހުރި ޕްރިމިއަމް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕާޓްނާޝިޕެއްކަމަށް ވެސް އުރީދޫއިން ވަނީ ބުނެފަ އެވެ.

އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ހާއްސް ޕްރޮމޯޝަނެއްވެސް ވަނީ އުރީދޫއިން އިއުލާނުކޮށްފައެވެ. އެގޮތުން ގޯ ޕްލޭ މާކެޓް 25 ޑިސެމްބަރގެ ކުރިންއެކްޓިވޭޓް ކޮށްގެން 10 ފަރާތަކަށް ސްޕާ ސިލޯން އިން ޑިސްކައުންޓް ވައުޗަރ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި 1000ރ އަދި 500ރ ގެ ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ގޯޕްލޭ މާކެޓާކީ ހިލޭ ބޭނުންކުރެވޭ އޯޓީތީ ޕްލެޓްފޯމެކެވެ.

ލަގްޒަރީ އާޔުރްވެދާގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި އުފެއްދުންތަކުން އުފައްދާފައިވާ ބްރޭންޑެކެވެ.

އުރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓާކައި ފަރުމާކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. ކްލަބް ޕްރިމިއާމެދުވެރިކޮށް މެންބަރުންނަށް ހާއްސަ އިނާޔަތްތަކާއި ޑިސްކައުންޓްތަކާއި ޕްރިމިއަމްލައިފްސްޓައިލް ގެ ތަޖުރިބާތައް ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved