April 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް މުއިއްޒު ހައްދަވަނީ ދޮގު މައްޗައް ދޮގު: މަލީހް

Aishath Naja
އައިޝަތު ނަޖާ
Feb 6, 2024, 11:17 PM
މާލެ ސިޓީ

ރައީސް ޑރ.މުހައްމަދު މުއިއްްޒު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދު ނުފުއްދަވާ ވައުދުތައް ފުއްދަވާނަންކަމަށް ވިދާޅުވަމުން ގެންދަވާތީ އެމަނިކުފާނު ހައްދަވަނީ ދޮގު މައްޗައް ދޮގުކަމަށް ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތްކަމަށްވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ތ.އަތޮޅު ގުރާދޫ އަށް ރައީސް ޑރ.މުއިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދަކަށް ހިޔާނާތްތެރި ނުވާނެކަމަށް ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން ހުވާކުރެއްވުމުގެ ރަސްމިއްޔާތައްް ވަޑައިގެންނަވާނަން ކަމަށް ވިދާޅުވި ވައުދު ފުއްދެވީތޯ ވިދާޅުވެ މަލީހް ވަނީ ސުވާލު އަމާޒު ކުރައްވާފައެވެ.

އޭގެއިތުރުން މަލީހް ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ ހެއްދެވީ ދެޮގު މައްޗައް ދޮގުކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު އަތޮޅުތަކަށް ކުރައްވަން ފެއްޓެވި ދަތުރުތަކަކީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީ އަށް މަޖިލިސް މެޖޯރިޓީ ހޯދެއްވުމަށްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved