
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސައިދިންކަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭއިން މިކަން ހާމަކުރީ އެކްސްގައި ޝާއިރު ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ފާހަނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާ ގެތަކުގެ މީހުން ކަމަށް ހާމަ ކުރިއެވެ.
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ރޭ މާލޭގައި ފެންބޮޑުވީ އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނިކޮށެވެ.



