ކުއްޅަވައްގަސްދޮށުގޭގެ 3ވަނަ ފަންގިފިލާ / އެންޑީއެމްއޭ
ހަބަރު
ކުއްޅަވައްގަސްދޮށުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 6 ފަރާތަކަށް ވަގުތީ އެހީތެރިކަން އެންޑީއެމްއޭއިން ހަމަޖައްސައިދީފި
Hussain Nawaf
ހުސައިން ނަވާފް
06 ފެބްރުއަރީ 2025

ހެންވޭރު ކުއްޅަވައްގަސްދޮށުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 6 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އޮފް މޯލްޑިވްސް އެންޑީއެމްއޭއިން ހަމަޖައްސައިދިންކަން ހާމަަކޮށްފިއެވެ.

އެންޑީއެމްއޭއިން މިކަން ހާމަކޮށްފައިވަނީ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެ ހާދިސާ އާއި ގުޅިގެން ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު 2 އެޕާޓްމަންޓެއްގައި ދިރިއުޅެމުންދާ 2 ޢާއިލާއެއްގެ 6 ފަރާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތްވަނީ އެންޑީއެމްއޭއިން ހަމަޖައްސައިދީފައިވާކަންވަނީ ހާމަ ކުރައްވާފައެވެ.

ކުއްޅަވައްދޮށުގޭ 3ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލާފައިވަނީ ރޭ 23:25 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އެ ފަންގިފިލާގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved