March 23, 2026
Advertisement
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. / ގެޓީ އިމޭޖަސް

ޓްރަމްޕް އެނބުރި ވެރިކަމަށް, ރައީސްކަމުގެ ހުވާ ކުރައްވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 21, 2025, 02:29 PM
މާލެ ސިޓީ

އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކު ކުރައްވައިފި އެވެ.

Advertisement

މިއީ 1890ގެ ފަހުން އެއް ދައުރު ފުރިހަމަކުރައްވައި ނާކާމިޔާބުވުމަށް ފަހު ދެވަނަ ދައުރެއް ހޯއްދެވި އެމެރިކާގެ ކުރީގެ ފުރަތަމަ ރައީސް އެވެ.

ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރަން އަހަރުތައް ފެށިއްޖެ ކަމަށެވެ. އޭގެ އިތުރުން އޭނާގެ ހިތްޕުޅުގައި އެމެރިކާގެ ނިޒާމަށް އޮތް ރުޅިވެރިކަން ވެސް ފާޅުކުރެއްވި އެވެ. އެގޮތުން ހަތިޔާރެއްގެ ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓް ބޭނުންކުރުން ހުއްޓުވާލާނެކަމަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވާންސް ވެސް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ.

އެމެރިކާގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމު ގޮތެއްގައި ބާއްވަނީ ކެޕިޓޮލްގެ ބޭރުގައި ނަމަވެސް، މިއީ 40 އަހަރަށް ފަހު ކެޕިޓޮލް އެތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. އެ ބަދަލު ގެނެސްފައި ވަނީ މިއަދު ވޮޝިންޓަންގައި އާދަޔާ ހިލާފަށް ފިނި ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވުމުންނެވެ.

ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެ ގައުމުގެ މަޝްހޫރު އަދި އެންމެ ބޮޑެތި މުއްސަނދިން ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved