March 12, 2026
Advertisement
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް / އޭބީސީ ނިއުސް

ޕެނަމާ ކެނަލް އަނބުރާ ހޯދާނެ: ޑޮނަލްޑް ޓްރަމްޕް

Hussain Nawaf
ހުސައިން ނަވާފް
Jan 22, 2025, 12:32 AM

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޕެނަމާ ކެނަލް އަނބުރާ ހޯދާނެ" ކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

ޓްރަމްޕް މިފަދަައިން ވިދާޅުވީ ހޯމަ ދުވަހު ދެއްވި އިފްތިތާހީ ޚިޠާބުގެ ތެރެއިންނެވެ.

އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ހޮވުނު ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާ ކައިރީ އޮތް އެ ކޯރުގެ ކޮންޓްރޯލް ޗައިނާއަށް ނުލިބޭނެ ކަމަށެވެ. އެގޮތުން އެ ކޯރު ހަވާލު ކުރީ ޕެނަމާއަށްކަމާއި ޗައިނާއަށް ނޫންކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ޕެނަމާއާ ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރުން ނައްތާލުމަށް ދެކޮޅު ހައްދަވާފަ އެވެ. އެމެރިކާގެ ބޯޓުތައް ނެރު ތެރެއިން ދަތުރުކުރުމަށް ބޮޑެތި އަދަދުން ފައިސާ ނަގަމުން އަންނަ ކަމަށް ވިދާޅުވެ ޓްރަމްޕްވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ ޓްރަމްޕަށް ހޫނު ރައްދެއް ދީފައެވެ. އެގޮތުން އެ ގައުމުންވަނީ އެ ކޯރަކީ ދުނިޔޭގެ ވިޔަފާރީަގައި މުހިއްމު ތަނެއްކަމަށް ވިދާޅުވެ އެއީ ޕެނަމާގެ ތަނެއްގެ ގޮތުގައި އޮތް އަދި ކުރިއަށް އޮތްތަނުގައި ވެސް އޮންނާނެ ތަނެއްކަމަށްވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved