އެމެރިކާ ޑަބްލިޔުއެޗުއޯ އިން ވަކިވުމުގެ މަސައްކަތް ފެށުމުގެ އަމުރުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވަނީ. / ސީ.އެން.އެން
ދުނިޔެ
ޑަބްލިއުއެޗްއޯއަށް އެމެރިކާ އިން ފައިސާ ދިނުމަކީ ބޭއިންސާފެއް: ޓްރަޕްމް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ޖެނުއަރީ 2025
މާލެ ސިޓީ

ޑަބްލިއުއެޗްއޯއަށް އެމެރިކާ އިން ފައިސާ ދިނުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސްކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަޕްމް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަކިވެއްޖެ އެވެ.

ޓްރަމްޕް ވަނީ ކޮވިޑް-19އާ ގުޅިގެން އެ ޖަމާއަތުން އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަލިމަޑުކަމުގެ ތެރޭގައި ޖެނީވާގެ އެ މުއައްސަސާއިން ވަކިވުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ފަހުން ރައީސް ޖޯ ބައިޑަން ވަނީ އެ ނިންމުން ބަދަލުކުރައްވައިފަ އެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި ކޮވިޑް-19 ފެތުރުނު ދުވަސްވަރު ޑަބްލިއުއެޗްއޯއިން އަމަލުކޮށްފައިވަނީ ޗައިނާއަށް ފައިދާވާ ގޮތަކަަށެވެ. ރިޔާސީ ގަރާރުގެ އަމުރުގައި ބުނެފައި ވަނީ އދ.ގައި ހިމެނޭ ޑަބްލިއުއެޗްއޯއަށް އެމެރިކާ އިން ފައިސާ ދިނުމަކީ ބޭއިންސާފެއް ކަމަށެވެ.

ބައިޑެންގެ ވެރިކަމުގައި އެމެރިކާއަކީ ޑަބްލިޔުއެޗްއޯއަށް އެންމެ ބޮޑު ފައިސާގެ އެހީ ފޯރުކޮށްދިން ގައުމެވެ. ދެހާސް ތޭވީސް ވަނަ އަހަރު އެމެރިކާއިން ވަނީ އެ އިދާރާގެ ބަޖެޓުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ފައިސާ ޑަބްލިޔުއެޗްއޯއަށް ހަދިޔާކޮށްފަ އެވެ.

ބައިޑަންގެ ވެރިކަމުގައި އެމެރިކާ އަކީ ޑަބްލިއުއެޗްއޯއަށް އެންމެ ގިނައިން ފައިސާ ދޭ ގައުމެވެ. އެގޮތުން، 2023 ވަނަ އަހަރު އެ ތަނުގެ ބަޖެޓުގެ ފަސް ބައިކުޅަ އެއް ބައި ހިއްސާކޮށްފައި ވަނީ ވެސް އެމެރިކާ އިންނެވެ.

އެ ޖަމިއްޔާގެ އަހަރީ ބަޖެޓަކީ 6.8 ބިލިއަން ޑޮލަރެވެ.  ޓްރަމްޕް ވިދާޅުވެފައިވަނީ ޑަބްލިޔުއެޗްއޯ އަށް ކުރާ ހޭދަ ބަދަލުކުރައްވާނީ އެމެރިކާގެ އެތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ކަމަށެވެ.

ޑަބްލިޔުއެޗްއޯ އަށް އެންމެ ބޮޑު ހޭދައެއް ކުރާ އެމެރިކާ އެ ޖަމިއްޔާއިން ވަކިވުމަކީ ބަލިތައް ކޮންޓްރޯލްކުރުމާއި އިމަޖެންސީ ރެސްޕޮންސް ސިސްޓަމްތަކަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved