

ދިވެހިންގެރާއްޖެ މެނިފެސްޓޯގައި އޮތް ވާނުވާ ބަންދު އުވާލުމުގެ ވައުދު ނުފުއްދޭނެފަދަ މޭރުމަކުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން އިއްތިފާޤުވެއްޖެއެވެ.
ބަންދު ފޯރަމްގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފްވަނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުން ހުށަހެޅޭ ޝަކުވާތައް ގިނަ ނަމަވެސް, ޝަރީއަތް ނިމެންންދެން ބަންދުކުރުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅިން ހުއްޓާލެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަ މީހުންނަކީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ކަމަށާއި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ މުޖުތަމަޢު ނުރައްކަލަށް ހުށައެޅޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވެސްވަނީ އެކަމާއި ގުޅިގެން ވިދާޅުވެފައެވެ.
އެގޮތުން މިވަގުތު ޝަރީޢަތް ނިމެންދެން ބަންދުގައި 435 މީހުން އެބަތިއްބެވެ.
ވާނުވާ ބަންދު އުވާލުމުގެ ވައުދު ދިވެހިންގެރާއްޖެ މެނިފެސްޓޯގައި އޮތް ނަމަވެސް އެ ވައުދު ފުއްދުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަން ސާފެވެ. އެގޮތުން ރައީސް މުއިއްޒުވި ވައުދުތައް ނުފުއްދާ، އެ ވައުދުތަކުގެ މަތިން ހަނދައިން ނެތެމުން ދާކަމަށް ރައްޔިތުންދަނީ ތުހުމަތު ކުރަމުންނެވެ.