April 3, 2026
Advertisement
.
. / ރައީސް އޮފިސް

"ވާނުވާ ބަންދާ" ގުޅޭގޮތުން އަނެއްކާވެސް ރައީސް މުއިއްޒުގެ މޮޅު ވާހަކައެއް!

Yana Shareef
ޔާނާ ޝަރީފް
Dec 22, 2025, 03:28 PM

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން، މައްސަލަ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެންމެންގެ ޝަރީއަތްތައް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑަައިގެން ފަހުން ދެ އަހަރުވިއިރުވެސް އެކަން ކުރުމަށް ރައީސް މުއިއްޒުވަނީ ފެއިލްވެފައެވެ.

މިކަން މިހެން އޮތުމުން އެމަނިކުފާނު މާފަންނު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވެސް ޒުވާނަކު ވަނީ ވާނުވާ ބަންދު އުވާލުވުމަކީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިފަދައިން ފަސް މިނެޓުން ވެސް ކުރެވޭނެކަމެއްކަމަށް ބުނެފައެވެ.

އެ ޒުވާނާއަށް ރައްދު ދެއްވާ އެ ރޭ މުއިއްޒު ވިދާޅުވީ އެއީ ބުނާހާ ފަސޭހަކަމެއް ނޫންކަމަށާއި ފަސް މިނެޓުން ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށެވެ. މުއިއްޒު ވިދާޅުވީ ބަންދުގައި މިވަގުތު ތިބީ ބޮޑެތި ކުށްވެރިންކަމުން އެމީހުން މުޖުތަމައުއަށް ދޫކޮށްލަން ނޭދޭކަމަށެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު ބަންދުގައި މިވަގުތު ތުބީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނެވެ. ކުށް ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީވެސް މައުސޫމެއްކަމަށް ވާއިރު މުއިއްޒު ވަނީ ތުުހުމަތުގައި ތިބި ފަރާތްތަކަކީ ބޮޑެތި ކުށްވެރިންގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވެސް ގިނަ ބަޔަކު ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނެސްދެއްވުމަށް އެދިފައެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މިފަދަ މައްސަލަތައް މާޗްގެ ނިޔަލަށް ނިންމޭނެ ކަމުގެ މައުލޫމާތު ރައީސް މުއިއްޒަށް ދެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް މާޗަށް ނިންމުމަށްފަހު، ދެން ހުރި މައްސަލަތައް ވެސް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

ވާނުވާ ބަންދުގެ މައްސަލައަކީ ފަސޭހައިން ހައްލު ގެނެވޭނެކަމެއް ނޫންކަން އެނގޭއިރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެކަން ނިންމަވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުންކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved