April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒު ފަދަ މީހުންނަކީ ދެ އަނގައިގެ ވެރިން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 26, 2025, 02:38 AM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ފަދަ ބޭފުޅުންނަކީ ދެ އަނގައިގެ ވެރިންގެ މިސާލު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަރަށް ކީރިތި ކުރައްވާ އެއީ އަނިޔާވެރިކަމުގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު އިންތިހާބުވެވަޑައިގެން އެއީ ތިމަން މަނިކުފާނުގެ އިހުތިސޯސުގައި އޮތްކަމެއް ނޫން ކަމަށް ވިދާޅުވުމަށް އަނެއްކާވެސް އެ ވާހަކަ ބަދަލުކޮށް 3 މަސް ދުވަސް ތެރޭ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ހާމަވެގެން ދަނީ އެއް ކަމެއްހައި އެކި މަހަލުގައި އެކި ގޮތަށް ވާހަކަ ދައްކާކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި ވާނުވާ ބަންދުގެ މައްސަލަތައް ނިންމޭއިރު 5 މިނިޓު ތެރޭގައި ވެސް އެ މައްސަލަތައް ނުނިންމެންވީ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ރައީސް މުއިއްޒުމެން ފަދަ ބޭފުޅުން ސިފަ ކުރެވޭނީ ދެ އަނގައިގެން ވެރިންގެ ގޮތުގައި ކަމަށެވެ.

ވާނުވާ ބަންދާ ގުޅޭ ގޮތުން މުއިއްޒު އިންތިހާބަށް ކުރިމަތިލައިގެން އުޅުނުއިރު ކީރިތި ކުރައްވަމުން ދެއްކެވި ވާހަކަ ފަހުން ބަދަލުކޮށް އަނެއްކާވެސް އެ ވާހަކަ ބަދަލުކޮށް 3 މަސް ދުވަހުގެ ތެރޭގައި ވާނުވާ ބަންދު އުވާލެވޭ ނަމަ 5 މިނިޓު ތެރޭގައި އުވާނުލެވެން ޖެހޭ ސަބަބެއް ނެތް

ރައީސް ޔާމީން

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ އިތުބާރު މިއަދު ރައްޔިތުން ކުރިމަތީ އެއްކޮށް ގެއްލިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved