March 16, 2026
Advertisement
ވާނުވާ ބަންދާއި ރައީސް ޔާމީނާ ގުޅޭގޮތުން ހެދިހާ ދޮގުތަކުން މުއިއްޒު ޚަރާބުވެ ނިމެނީ: ޑރ ޖަމީލު
ވާނުވާ ބަންދާއި ރައީސް ޔާމީނާ ގުޅޭގޮތުން ހެދިހާ ދޮގުތަކުން މުއިއްޒު ޚަރާބުވެ ނިމެނީ: ޑރ ޖަމީލު / ސަން އޮންލައިން

ވާނުވާ ބަންދާއި ރައީސް ޔާމީނާ ގުޅޭގޮތުން ހެދިހާ ދޮގުތަކުން މުއިއްޒު ޚަރާބުވެ ނިމެނީ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 7, 2025, 08:59 PM
މާލެ ސިޓީ

ވާނުވާ ބަންދާއި ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ހެދިހާ ދޮގުތަކުން ރައީސް ޑރ މުހައްމަދު މުއިއްޒު ޚަރާބުވެ ނިމެނީ ކަމަށް ކުރިގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު ރައީސް ޔާމީން މިނިވަން ކުރަން ވީ ވައުދާ އަދި ވާނުވާ ބަންދު އުވާލުމަށް ވީ ވައުދުވެސް ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރުވެސް ނުފުއްދާވާތީ ގިނަ ފާޑުކިޔުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި ޑރ ޖަމީލު މިވަނީ އެކަމާ ގުޅޭ ގޮތުން އެކްސް ޕޯސްޓެއް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ، ނަބަވީ އިރުޝާދުން ސާބިތު ވަނީ ދޮގު ހަދާ މީހަކު ހުރިހާ ބާވަތެއްގެ ނުބައިކަންތަކުގެ ތެރެއަށް ވަންނާނެކަމެމަށް ކަމަށާ އަދި ނުބައިކަންތައް ނަރަކަޔަށް މީހާގެންދާނެކަމަށް ކަމަށް ވިދާޅުވެފައެވެ.

ޑރ މުއިއްޒު ޓެގު ކުރައްވާ ޑރ ޖަމީލު ވަނީ ވާނުވާ ބަންދާއި ރައީސް ޔާމީނާ ގުޅޭ ގޮތުން ހެދިހާ ދޮގުތަކުން މުޅި މިހާ ޚަރާބުވެ ނިމެނީ ކަމަށް ވިދާޅުވެ އަދި ވައްކަމާ ޚިޔާނާތްތެރިވުމާ ގައުމު ލޫޓްވުން ފަދަ ހުރިހާ ނުބައިކަމެއް ރައީސް މުއިއްޒު ކުރާނެކަމަށް ކުރެވޭ ތުހުމަތަށް ގިނަ ބަޔަކު މިއަދު ދެބަސްނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނަށް އެމްޑީޕީ ސަރުކާރުގައި ކުރީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވެސް ގެންދަވަނީ އެ ދައުވާތައް ކުރިއަސް ގެންދަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވާނުވާ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި ނަމަވެސް ދާދި ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެއީ އުވާލެވޭނެ ބަންދެއް ނޫން ކަމަށާ އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވައުދު ބޮލާލާ ޖަހާފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved