March 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އަދަދު

މައްސަލައަކަށް މިވީ ނައްތާލާނަމޭ ބުނުމަށް ފަހު ވާނުވާ ބަންދު ނައްތާނުލެވުމުން: ރައީސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Dec 8, 2025, 02:58 AM
މާލެ ސިޓީ

މައްސަލައަކަށް ވެރިކަމަށް އެރުމުގެ ކުރިން ރައިސް މުހައްމަދު މުއިއްޒު ބުނި ފަދައިން ވާނުވާ ބަންދު ނައްތާ ނުލެވުމުންކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައިސް ޔާމީން ވިދާޅުވީ، ވާނުވާ މިކިޔަނީ ޝަރީއަތް ނިމެންދެން، ޝަރީއަތެއް ނުހިނގާ ދަންމާލައިގެން އެތައް އަހަރެއް ވަންދެން ބަންދުގައި ތައިތިއްބުމަށް ކަމަށެވެ. އަދި މި ދެއްކެނީ ކުށުގަ ތިބޭ މީހުންގެ ވާހަކައެއް ނޫން ކަމަށާ މި ދެއްކެނީ ތުހުމަތުގައި ތިބޭ މީހުންގެ ވާހަކަ ކަމަށެވެ.

"ރައިސް މުއިއްޒުު ބުނީ ފޮހެލާނާމޭ މިކަން 24 ގަޑިއިރު ތެރޭ ފޮހެލާނަމޭ، 24 ގަޑި އިރުތެރޭ ނުވި މިކަމެއް،"

ރައީސް އަބްދުﷲ ޔާމީން

އެމަނިކުފާނު ވިދާޅުވީ، ވާނުވާ މައްސަލަ އުޅޭ ނަމަ އެކަމަށް އެޓެންޑުވާން ޖެހޭނީ ގާނޫނު ޑިޕާޓުމަންޓްތަކުން ކަމަށެވެ. އަދި އެކަމަށް އެޓެންޑުވާނީ ޕޮލިޓީޝަނުންނެއް ނޫންކަމަށެވެ.

މައްސަލައަކަށް ވަނީ މި ތުހުމަތުތައް ކޯޓުގެ އަމުރާ ނުލާ ޕޮލިހުންގެ ފޭކް ލިޔުމަކާއެކު ޖަލަށް ލާތީ ކަމަށްވެސް ރައިސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށް މިފަދައިން ވިދާޅުވި އިރު، އެމްޑީޕީ ސަރުކާރުގައި ކުރީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވެސް ގެންދަވަނީ އެ ދައުވާތައް ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ވާނުވާ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި ނަމަވެސް ދާދި ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެއީ އުވާލެވޭނެ ބަންދެއް ނޫން ކަމަށާ އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވައުދު ބޮލާލާ ޖަހާފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅިގެން މުއިއްޒުއަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved