March 15, 2026
Advertisement
ވެސްޓް ބޭންކް: ސަހްޔޫނީ ސިފައިން ފަލަސްތީނުގެ އެތައް ބަޔަކު ރަހީނުކޮށްފި
ވެސްޓް ބޭންކް: ސަހްޔޫނީ ސިފައިން ފަލަސްތީނުގެ އެތައް ބަޔަކު ރަހީނުކޮށްފި / އައި އެމް އީ އެމް ސީ ނިއުސް

ވެސްޓް ބޭންކް: ސަހްޔޫނީ ސިފައިން ފަލަސްތީނުގެ އެތައް ބަޔަކު ރަހީނުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Feb 5, 2025, 06:22 PM

ވެސްޓް ބޭންކްގެ ބައެއް ސަރަހައްދުތަކުގައި ބިދޭސީ އެކްޓިވިސްޓަކާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ ގިނަ ރައްޔިތުންތަކެއް ސަހްޔޫނީން ރަހީނުކޮށްފިއެވެ.

Advertisement

މަސްދަރުތަކުން ރިޕޯޓު ކުރާ ގޮތުގައި ނަބްލޫސްގެ އިރުމަތީގައި އޮންނަ ބަލަޓާ ރެފިއުޖީ ކޭމްޕްގައި ހުރި ބައެއް ރައްޔިތުންގެ ގެތަކަށް ސަހްޔޫނީން ވަދެ ބަލައިފާސްކޮށް، މުހައްމަދު މޫސާ ދަރުވީޝްވަނީ ރަހީނު ކޮށްފައެވެ.

މަސްދަރުތަކުން ރިޕޯޓު ކުރާ ގޮތުގައި ރަމަﷲ ސަރަހައްދުގެ ހުޅަނގުގައި އޮންނަ ބައިޓޫނިއާ ރަށަށް އަރައިގަތުމަށް ފަހު ސަހްޔޫނީން މަހްމޫދު ސުފްޔާން ނަކްލޭހް، އެއްބަނޑު އެއްބަފާ ކަރީމް އަދި އިބްރާހިމް ޖްބޭލް، ނަމަކަށް ކިޔާ ތިން ކުއްޖަކު ރަހީނުކޮށްފަވެއެވެ. މި ތިން ކުދިންނަކީ 15 އަހަރުގެ ތިން ކުދިންކަން ފާހަގަކޮށްލެވެއެވެ.

ގުދުސްގައި ސަހްޔޫނީ ސިފައިން ވަނީ މަޖުދު އިހާބް ބަދުރު ޔޫނިސް ޒާގިރު ރަހީނުކޮށްފަ އެވެ. އެއީ 14 އަހަރުގެ ކުއްޖެއްކަން ފާހަގަކޮށްލެވެއެވެ.

އަދި ގުދުސްގެ އުތުރުގައި އޮންނަ އަލްރަމް ރަށަށް ސިފައިން އަރައިގަނެ، އެތައް ރައްޔިތުންނެއް ބަންދުކޮށް، އެމީހުންނާ ސުވާލުކޮށް، ރައްޔިތުންނާއި އެމީހުންގެ ގެތަކަށް ކަރުނަ ގޭސް ޖެހިކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ބެތްލެހެމްގެ ދެކުނުގައި އޮންނަ ޑެހެއިޝޭ ރެފިއުޖީ ކޭމްޕަށް އަރައި، ބައެއް ރައްޔިތުންގެ ގެތަކަށް ވަދެ، މަދުވެގެން 20 ފަލަސްތީނު މީހުން ބަންދުކޮށް، އެމީހުން ދޫކޮށްލުމުގެ ކުރިން ސުވާލުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved