March 12, 2026
Advertisement
އައިޑީއެފް އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން
އައިޑީއެފް އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން / އަނަޑޮލު އަޖަންސި

ސަހްޔޫނީ ސިފައިން ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Mar 16, 2025, 10:04 PM

އެކި ރެއިޑްތަކުގެ މަތީން ސަހްޔޫނީ ސިފައިން ފަލަސްތީނުގެ ރައްޔިތުން ވެސްޓް ބޭންކު ސަރަހައްދުގައި ހައްޔަރުކޮށްފިއެވެ.

Advertisement

ގުދުސްގެ އިރުއުތުރުގައި އޮންނަ އަނަބްތާ ޓައުންގައި ހިންގި އޮޕަރޭޝަނެއްގައި ސަހްޔޫނީ ސިފައިން އަލް ޒަލްބާނީ އާއިލާގެ ފަސް ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް މަސްދަރުތަކުންވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން އަނަތާގައި ސަހްޔޫނީ ސިފައިންނާ ފަލަސްތީނުގެ އާންމުގެ ދޭތެރޭގައި ހިނގި ކުރިމަތިލުމުގެ ތެރޭގައި ޒުވާނެއްގެ ބަނޑަށް ބަޑިޖެހިކަންވެސް ވާފާއިން ރިޕޯޓު ކުރެއެވެ.

ސަހްޔޫނީ ސިފައިން ރަމަاللهގެ އިރުމަތީގައި އޮންނަ ސިލްވާދު އަވަށުން ފަލަސްތީނުގެ ތިން މީހަކު ހައްޔަރު ކުރިކަންވެސް އިތުރު މަސްދަރުތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ސަހްޔޫނީ ސިފައިން ޓޫލްކަރެމްގެ އިރުމަތީގައި އޮންނަ އަނަބްތާ އާއި ބްލައި ހިސާބުތައްވެސް ބަލައި ފާސް ކުރިކަންވެސް ފާހަގަކޮށްލެވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތައް ފެށި ފަހުން ސަހްޔޫނީ ސިފައިންނާއި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 930 މީހުން ޝަހީދުވެ ގާތްގަނޑަކަށް 7،000 މީހުން ޒަހަމްވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އައިސީޖޭއިން ވަނީ ސަހްޔޫނީން ދިގު މުއްދަތަކަށް ފަލަސްތީނުގެ ސަރަހައްދުތައް ހިފުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ސަހްޔޫނީންނަށް ނިސްބަތްވާ ހުރިހާ އާބާދީއެއް ހުސްކުރުމަށް ގޮވާލާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved