

ސަހްޔޫނީން ވެސްޓް ބެންކުގައި ހިންގައި އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދާތާ 17 ވަނަ ދުވަސް ވެއްޖެއެވެ.
ޖެނުއަރީ 21 ވަނަ ދުވަހު ޖެނިން އާއި ޖެނިން ކައިރި އޮންނަ ރެފިއުޖީ ކޭމްޕްގައި ފެށި މި އޮޕަރޭޝަނުގައި އަންގާރަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ފަލަސްތީނުގެ 25 މީހަކު ވަނީ ޝަހީދުވެފައެވެ.
ޖެނުއަރީ 27 ވަނަ ދުވަހު ސަހްޔޫނީ ސިފައިން ވަނީ ޓޫބާސް ގަވަރުނަރޭޓްގައި ހުންނަ ތަމްމޫން އަދި އަލްފަރުއާ ރެފިއުޖީ ކޭމްޕްތަކުގައި ކުރިއަށް ގެންގޮސް ފަލަސްތީނުގެ އިތުރު ހަތަރު މީހަކު ޝަހީދުކޮށްލާފައެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ސަހްޔޫނީ ސިފައިން ޖެނިންގެ ހުޅަނގު ދެކުނުގައި އޮންނަ ބުރްކިން އަށް ގޮސް ފަލަސްތީނުގެ ގެއަކަށް ވަދެ އެ ގެ ގޮއްވާލާފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ސަހްޔޫނީ ސިފައިން ޖެނިން ރެފިއުޖީ ކޭމްޕް ވަށާލާފައިވާއިރު ޑްރޯންތައް އުދުހެމުގެ އަޑާއި މުޅި ސަރަހައްދުގައި ގޮވުންތަކުގެ އަޑު މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވެއެވެ.
ޓޫލްކަރެމްގައި ސަހްޔޫނީ ސިފައިން ވަނީ އެ ސިޓީގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށް، އެތައް ގެއެއް އަސްކަރީ ކޮށިތަކަށް ބަދަލުކޮށް، އެތައް ސަތޭކަ އާއިލާއެއް ފިލަން މަޖުބޫރުކޮށްފައެވެ.
އެގޮތުން ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ޓޫލްކަރެމް ރެފިއުޖީ ކޭމްޕްގެ %75 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
މި އަހަރު ފެށުނީއްސުރެ ވެސްޓް ބޭންކުގައި ފަލަސްތީނުގެ 70 މީހުން ޝަހީދުވިކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވެއެވެ.
އޮކްޓޯބަރު 7 2023ގައި ހަނގުރާމަ ފެށުނު ފަހުން ސަހްޔޫނީ ސިފައިންނާއި ވަޒަންވެރިން ވަނީ ވެސްޓް ބޭންކްގެ އެކި ހިސާބުތަކުގައި މަދުވެގެން 905 ފަލަސްތީނު މީހުންވަނީ ޝަހީދު ކޮށްލާފައެވެ.