March 18, 2026
Advertisement
އައިޑީއެފް އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން
އައިޑީއެފް އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން / އަނަޑޮލު އަޖަންސި

ހުޅަނގު އައްސޭރީގައި ސަހްޔޫނީ ސިފައިން ފަލަސްތީނުގެ 16 މީހަކު ހައްޔަރުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Mar 9, 2025, 09:12 PM
ޣައްޒާ

ހުޅަނގު އައްސޭރީގައި ސަހްޔޫނީ ސިފައިން ފަލަސްތީނުގެ 16 މީހަކު ހައްޔަރުކޮށްފި އެވެ

Advertisement

އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފަލަސްތީނުގެ އިތުރު 16 މީހަކު ހައްޔަރު ކުރިކަމަށް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިލްވާދާއި ޑިއިރު ޤައްދީސަށް އަމާޒުކޮށްގެން ހިންގި ރޭޑްތަކުގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ރިޕޯޓުކޮށްފައިވެއެވެ.

ސަހްޔޫނީ ސިފައިން ވެސް ރާމަالله ސިޓީއާއި ވަށައިގެންވާ ހިސާބުތަކުގައިވާ ބައެއް ގެތަކަށް ވަދެ މަދުވެގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ރިޕޯޓުކުރެއެވެ. އަދި ތޫބާސްގައި ހުންނަ އަލްފާރަ ރެފިއުޖީ ކޭމްޕްގައި އަސްކަރީ ރޭޑެއްގައި އިތުރު ތިން މީހަކު ހައްޔަރު ކުރިކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތައް ފެށި ފަހުން ސަހްޔޫނީ ސިފައިންނާއި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 930 މީހުން ޝަހީދުވެ ގާތްގަނޑަކަށް 7،000 މީހުން ޒަހަމްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އައިސީޖޭއިން ވަނީ ސަހްޔޫނީން ދިގު މުއްދަތަކަށް ފަލަސްތީނުގެ ސަރަހައްދުތައް ހިފުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ސަހްޔޫނީންނަށް ނިސްބަތްވާ ހުރިހާ އާބާދީއެއް ހުސްކުރުމަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved