March 16, 2026
Advertisement
އައީޑީއެފް ވެސްޓް ބޭންކުގައި ހަރަކާތްތެރިވަނީ
އައީޑީއެފް ވެސްޓް ބޭންކުގައި ހަރަކާތްތެރިވަނީ / އަނަޑޮލު އަޖަންސި

ސަހްޔޫނީން ހިންގި އަސްކަރީ ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޒަހަމްވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Mar 5, 2025, 08:47 PM

ސަހްޔޫނީން ހިންގި އަސްކަރީ ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޒަހަމްވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މެދުތެރޭ ހުޅަނގު އައްސޭރީގެ ރަމަﷲ ސިޓީގެ ބައެއް އަވަށްތަކަށް ސަހްޔޫނީ ސިފައިން ވަދެ އެތަނުގެ ބައެއް ފިހާރަތަކާއި ގެތައް ބަލައިފާސްކޮށްފައިވާކަމަށް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ދިރިހުއްޓާ އަލިފާނުގެ ހާދިސާގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެ އަންހެން ކުދިންނަށް ޒަޚަމްވީ ގައިގައި ތެޅުމުގެ ސަބަބުންކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މީގެ އިތުރުން ރަމަﷲ އިން ފައިބައިގެން ދިއުމުގެ ކުރިން ސަހްޔޫނީ ސިފައިންވަނީ އަންހެން ކުއްޖަކާއި ޒުވާނަކު ހައްޔަރުކޮށްފައިކަންވެސް ރިޕޯޓުކޮށްފައިވެއެވެ.

ނަބްލޫސްގައި ސަހްޔޫނީ ސިފައިން ބަލާޓާ ރެފިއުޖީ ކޭމްޕަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހުން ފެށިގެން ސަހްޔޫނީންގެ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން 65 މީހުން މަރުވެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ގޮސްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved