March 19, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް މުއިއްޒަކީ ދިވެހި ތާރީޚު ދުށް އެންމެ ފޭރާން ދަށް ވެރިޔާ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 6, 2025, 06:06 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަކީ ދިވެހި ތާރީޚު ދުށް އެންމެ ފޭރާން ދަށް ވެރިޔާ ކަމަށް ކުރިގެ ނައިބު ރައިސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީގެ އޭރުގެ ވެރިން ކުރި އިހުތިޖާޖެއްގެ ފޮޓޯއެއް ހިއްސާކުރައްވާ ފޭސްބުކްގައި ޑރ ޖަމީލު ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

ޑރ ޖަމީލު ވަނީ ބޯޑްތަކުގައި އެހުރީ ސައްތައިން އިން ސައްތަ ތެދު ވާހަކަކަން ފާހަގަކުރައްވާ الله އަށް ބިރުވެތި ވާނަމަ ރައީސް ޑރ މުއިއްޒު ދޮގު ނަހަދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ ޝަރީޢަތް މިއަދު ކޮބައިތޯއާ އެމަނިކުފާނު މިނިވަން ކުރުން އޮތީ ކިހާ ހިސާބަކުތޯ އަހަން މިއަދުވެސް ބޭނުންވާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ، އެހެންކަމުން ރައީސް މުއިއްޒު އިސްލާމްދީނޭ، އަޚްލާގޭ ކިޔަން ފެށުމުން ރައްޔިތުން ކުރަނީ މަލާމާތް ކަމަށް ވިދާޅުވެފައެވެ.

ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ދެން އޮތީ ވަޢުދު ފުއްދުމޭ ރައިސް މުއިއްޒު މިއަދު ބުނުމުން ރައްޔިތުން ކައިރީ އަންނަނީ ހިނި ކަމަށާ ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި ޑރ ޖަމީލު ވަނީ ސިފަކުރައްވާފައެވެ.

ހަމައެހެންމެ ރައީސް މުއިއްޒަކީ އަމާނާތައް ޚިޔާނާތްވެފައިހުރި ޚިޔާނާތްތެރިއެއް ކަމަށާ ގައުމެއް ހިންގުމުގެ ވިސްނުމެއް ނެތް، ލަޔާގަތެއް ނެތް، ދެއުޅިއެއް ނުވާވާހަކަ ދަައްކަވާ ވެރިއެއްގެ ގޮތުގައިވެސް ޑރ ޖަމީލު ވަނީ ރައީސް މުއިއްޒު ސިފަކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނަކީ މިހާ ހިސާބަށް ދިވެހި ތާރީޚު ދުށް އެންމެ ފޭރާން ދަށް، ކުޅޭކުޅޭ ވެރިމީހާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައްޔިތުން ރައީސް މުއިއްޒުގެ ވާހަކަތައް ނަގަނީ ޖޯކުތަކުގެ ގޮތުގައިކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved