ރާއްޖޭގައި ފައިލޭރިއާ ބަލި ދެނެގަތުމުގެ ގޮތުން ސްކްރީނިންގ ޕްރޮގްރާމެއް މިމަހު ފަށުމެއް ހަމަޖެހިފައިޥާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޗެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމް އަކީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި ހިންގާ ސްކްރީނިން ޕްރޮގްރާމެއްކަމަށެވެ.
އެގޮތުން މި މިހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރްގްރާމްގައި އެޗްޕީއޭގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެޓް އަދި ރަށް ރަށުގައި ހުރި ހޮސްޕިޓަލްތަކާއި ހެލްތްސެންޓަރުތުން ބައިވެރިވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ދިވެހި ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިޒޯޓްތަކުގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ސްކްރީނިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެ އޭޖްންސީ އިން ބުނީ މި ޕްރްގްރާމްގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުން ވެސް ގުރުއަތުން ހޮވާލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީންނަށް ކަމަށެވެ. މީގެ އިތުރުން މި ޓެސްޓުތައް ކުރެވޭނީ ލޭ ނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބެނުންކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ޓެސްޓް ހެދުމަށް ފަހު ފައްސިވާ ފަރާތްތަކަށް ފައިލެރިއާގެ ފަރުވާގޮތުގައި ބެނުންންކުރާ ބޭސް ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ދެވޭނެ އެވެ. މީގެ އިތުރުން އެ ބޭހަކީ އެއްފަހަރު ކާންޖެހޭ ބޭހެއްކަމާއި ފައްސިވާ ފަރާތްތަކުން އެ ބޭސް ކެއުމުން ބައްޔައް ފަރުވާކުރެވުމާއެކު އެހެންމީހުންނަށް މިބަލި ފެތުރުންވެސް ހުއްޓުވޭނެކަމަށް ބުނެފައިވެއެވެ.
މި ސްކްރީންނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އާއި ދެމެދުގެ ވަގުތެއްގައި ޒިޔާރަށްކުރާ ގޮތައްވަނީ ހަމަޖެހިފައެވެ. އަދި ބިދޭސީންގެ ތެރެއިން ވެސް ހޮވާލެވޭ ފަރާތްތަކަށް ސްކްރީނިން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މުއާމަލާތްކޮށް ވާހަކަދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މި ސްކްރީނިން ޕްރްގްރާމް ޕްރީޓެސްޓް ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ސަރަހައްދުތަކެއްގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.